ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
"ޖުމްލަ"އަށް އެނގިފައިވާ ގޮތުގައި މައުރޫފް ރިޓަޔާކުރައްވަން ނިންމަވައި، މަގާމުން ވަކިވެވަޑައިގަންނަވަން ވަނީ ނިންމަވައިފައެވެ. އަދި ދެން އޭނާ ހަމަޖައްސަން ނިންމަވައިފައިވަނީ ސަރުކާރުގައި އެޑްވައިޒަރެއްގެ މަގާމަށެވެ.
މައުރޫފް މަގާމަށް އައްޔަންކުރީ މިދޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެ މަގާމު ހުސްވީ އެންމެ ފުރަތަމަ މި ސަރުކާރުގައި ކުންފުނީގެ އެމްޑީގެ ގޮތުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަގު ގޯތި މައްސަލައިގައި އިސްތިއުފާ ދެއްވުމުންނެވެ.