ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު | ފޮޓޯ: ރައީސް އޮފީސް

ރައީސްގެ 2.0 އާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ: ފަސްޓް ލޭޑީ

މޫސާ އަލީ
 
17 ގަޑިއިރު ކުރިން

މި ސަރުކާރުން އިފްތިތާހްކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" އާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ފަސްޓް ލޭޑީ ވިދާޅުވީ، ޤައުމެއް ތަރައްގީ ކުރުމުގައި އެ ޤައުމެއްގެ ސައްހަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫހާނީ ސިއްހަތުވެސް ހިމެނޭ ކަމަށެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދުގައި ސިއްހީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ވަކީން ހާއްސަކޮށް ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫއަކީ، ދިވެހި ސިއްހީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގީލާބީ ބަދަލެއްކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ހުދުމަތްތަކެއްވެސް ވަނީ އިފްތިތާހު ކޮށްފައެވެ.

އެގޮތުން، ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް އިފްތިތާހުކޮށްދެއްވީ  މެޑަމް ސާޖިދާ މުހައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް ޑޮކްޓަރު އަހުމަދު އަޝްރަފެވެ.