އާ ޓާމިނަލުގައ ގަޑިއިރެއް ތެރޭ 1200 ދާގީނާ ސްކްރީން ކުރެވޭނެ، ތްރީޑީ ސްކޭން މެޝިން ވެސް ހުންނާނެ

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ގަޑިއިރެއް ތެރޭ 1200 ދާގީނާ ނުވަތަ މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެ ގާބިލްކަން ހުންނާނެކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ވަނީ އާ ޓާމިނަލުގައި ހުންނާނެ އާ ޚިދުމަތްތައް ފާހަގަކޮށްފައެވެ އެގޮތުން:

  • ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރާނެ
  • މިއީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމް
  • ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ
  • މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކްކޮށް

އާ ޓާމިނަލް އާއެކު ދާގީނާ ސްކްރީން ކުރުމަށް އަންނާނެ ބަދަލުތައް:

  • މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެ. އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ
  • އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނާނެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ. މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ