ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސައުދީގެ އާ ސަފީރު --

ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ނާއިފް ހަލީމް
 
8 މަސް ކުރިން

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތޯނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. 

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވި ކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ސައުދީގެ އާ ސަފީރު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.