ގިނަ އަހަރުތަކެއްގައި ހައްޖު ޚުތުބާ ދެއްވި ސައުދީގެ އަބްދުلله އާލު ޝެއިޚް އަވަހާރަވެއްޖެ

ނާއިފް ހަލީމް
 
5 މަސް ކުރިން

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ގިނަ އަހަރުތަކެއްގައި ޙައްޖު ހުތުބާ ދެއްވި، ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު މިއަދު އަވަހާރަވެއްޖެއެވެ. 

އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއިން ވަނީ ތައުޒިޔާ ކިޔައިފައެވެ.

އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.