ލިވަޕޫލަށް ކުޅެމުންދާ އުމުރުން 28 އަހަރުގެ ޕޯޗުގަލް ފޯވަޑް ޑިއޭގޯ ޖޮޓާ، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޖޮޓާ މަރުވެފައި ވަނީ ސްޕެއިންގެ ޒަމޯރާގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.
ޖޮޓާގެ ކާރު އެކްސިޑެންޓަށް އެޓެންޑްވި މެޑިކަލް އެމަޖެންސީ ޔުނިޓް އަދި ޒަމޯރާގެ އެމަޖެންސީ ކޯޑިނޭޝަން ސެންޓަރާ ހަވާލާ ދީ ނޫސްތައް ބުނީ ޖޮޓާ އާއި ކޮއްކޮވެސް އެކްސިޑެންޓްގައި މަރުވެފައިވާ ކަމަށެވެ.
ޖޮޓާ، ވުލްވްސްއިން ލިވަޕޫލަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ލިވަޕޫލާއެކު އޭނާ ވަނީ ގިނަ މެޗުތަކެއް ކުޅެ ކާމިޔާބީތައްވެސް ހޯދައިފައެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށިވެސް އެ ކްލަބާއެކު އުފުލައިލިއެވެ.
ޖޮޓާ މަރުވި އިރު އޭނާ ކައިިވެނި ކުރީވެސް މީގެ ދެ ހަފްތާގެ ކުރިންނެވެ. އޭނާ މަރުވީ ކައިވެންޏަށް ފަހު ޗުއްޓީގައި ހުއްޓައެވެ.
ޖޯޓާއަކީ ޕޯޗުގަލްގެ ގައުމީ ޓީމުގައިވެސް މުހިންމު ކުޅުންތެރިއެކެވެ.