ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް

އައްޑޫ ސިޓީ ޕޮލިސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ

މަރްޔަމް ނިއުމާ
 
16 ދުވަސް ކުރިން

އައްޑޫ ސިޓީ ޕޮލިސް އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ އައްޑޫ ސިޓީ ޕޮލިސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 ރޭ ކުޅުނު ސެމީފައިނަލުގައި ގޭން ޕޮލިސް އާއި ވާދަކޮށް ހުޅުހުމީދޫ ޕޮލިސް އިން ކުރިހޯދާ ފައިނަލް ކަށަވަރު ކުރިއެވެ. ފަސް ޓިމް ވާދަކުރާ މިމުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބާއި މުބާރާތުގެ ގުރޫޕް އެއްވަނަ ހޯދި ކޮމްބައިން ޓީމެވެ.

މުބާރާތުގެ ފައިނަލްމެޗު އަދި ނިމުމުމުގެ ރަސްމިއްޔާތު މާދަމާރޭ 21:00ގައި ސ.މީދޫ ޓާރފް ދަނޑުގައި އޮންނާނެ އެވެ.