ހުޅުމާލޭގައި އީދު ފާހަގަކޮށްފައި. / ފޮޓޯ: އެޗްޑީސީ

މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރަނީ

މަރިޔަމް ސަމްހާ
 
1 މަސް ކުރިން

މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފިއެވެ.

މީގެ ކުރިން ކުލަގަދަކޮށް އީދު ފާހަގަކުރަމުން އައި އާންމުކޮށް އަތޮޅުތެރޭގެ ރަށްރަށުގައެވެ. ނަމަވެސް މިހާރު ސަރުކާރުން އިސް ނަގައިގެން މާލެ ސަރަހައްދުގައި ވެސް ކުލަގަދަކޮށް އަންނަނީ އީދު ފާހަގަކުރަމުންނެވެ.

ހުޅުމާލޭގައި ވެސް އީދު ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައުވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އީދު ކުޅިވަރުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގެ އީދު ކުޅިވަރުތައް ރޭވިފައިވާ ގޮތް:

  • ޖޫން 05: ވެދުމާ ދިޔުން، އީދު ހުޅު، ބޮޑުބެރު ( ރުއްގަނޑު 1 20:30، ހުޅުމާލެ 2 ގެ ޗެނަލް ބީޗް 21:00)
  • ޖޫން 06: އުލްހިޔާ ކަތިލުން އަދި އީދު ބޮނޑިބަތް ( ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި، އީދު ނަމާދަށްފަހު)
  • ޖޫން 06: ވޯޓާ ސްޕޯޓްސް އިވެންޓް (16:00 އިން 17:30 އަށް، ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގަ)
  • ޖޫން 06 - ޖޫން 08: ކުޑަކުދިންގެ ހަވީރު ( ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި)

އެޗްޑީސީން ވަނީ މި ކުޅިވަރުތައް ބެލުމަށް އައުމަށް ހުރިހާ ފަރާތްތަކަކަށްވެސް ދައުވަތު ދީފައެވެ.