ހުޅުމާލޭ ފޭސް 2 ގެ ބަސް ސްޓޭޝަން އެއްލާލާފައިވާ މަންޒަރު | ފޮޓޯ: އެޗްޑީސީ

ސަމާލުވޭ! ވައި ގަދަވެ ހުޅުމާލޭ ފޭސް 2 ގެ ބަސް ސްޓޭންޑް ވަޔާ ގޮއްސި

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، ހުޅުމާލޭގެ ފޭސް 2 ގެ ބަސް ސްޓޭންޑު ވަޔާ ގޮއްސި އެވެ. 

ބޯކޮށް ވާރޭވެހި ވައި ގަދަ ވުމުގެ ސަބަބުން ހުޅުމާލޭގެ ގިނަ މަގުތަކެއްގައި ހުރި ގަސްތައްވެސް ދަނީ ހަލާކުވެ މަގުމައްޗަށް ވެއްޓެމުންނެވެ. 

ހުޅުމާލޭ މަގުތަކަށް ލިބިފައިވާ ގެއްލުން ހައްލުކޮށް، މަގުތަކަށް ވެއްޓިފައިވާ ގަހާއި އެހެނިހެން ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް، ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ގެންދަނީ ކުރަމުންނެވެ.

މިފަދަ ވަގުތެއްގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި އިތުރު ސަމާލުކަމެއް ދީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެކެވެ.