ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހަވީރު 18:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި އެގޮތުން ހުޅަނގު މޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ކުރިއަށް އޮތް ތިން ދުވަސް ކަމަށްވާ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.