ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ޔެލޯ އެލާޓް ދަންމާލައިފި

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓް ދަންމާލައިފި އެވެ.

މިއީ މެޓް އޮފީހުން މިއަދު ނެރުނު ފަސް ވަނަ ރީނދޫ ސަމާލެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މި ސަރަހައްދަށް މި ފަހަރު ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 19:30 އިން ފެށިގެން ދަންވަރު 12:30 އާ ހަމައަށެވެ.

މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވެއެވެ.