މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 14 ގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ މި ދަތުރަކީ ދެ ދުވަހުގެ ދަތުރެކެވެ. އަންވަރުގެ ރާއްޖެ ދަތުރަކީ 2022 ވަނަ ގެ ނޮވެންބަރުގައި މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުނ ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަންވަރުގެ މި ދަތުރަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިކުރުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ދެ ގައުމުގެ އިސް ލީޑަރުންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ބައިނަލްއަގުވާމީ ދާއިރާތަކުންނާއި އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ބާއްވާނެ އެވެ.
މި ދަތުރުގެ ތެރެއިން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އަންވަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.
ރާއްޖެ އާއި މެލޭޝިއާގެ ހާރިޖީ ގުޅުމަށް ވަނީ 58 އަހަރު ފުރިފަ އެވެ.