ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ.
ހައިކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ފަނޑިޔާރު އިބްރާހީމް މާހިރު ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ޝަރުޢީ ދާއިރާއަށާއި އެ ކޯޓަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެ ކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު މަގާމުން ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
އަލްއުސްތާޛު އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެއްވީ 25 ސެޕްޓެންބަރު 2025 ގައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.
ޝަރުޢީ ދާއިރާގައި ފަނޑިޔާރު މާހިރު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ފެމިލީ ކޯޓުގައެވެ. އެގޮތުން އެ ކޯޓުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް އޭނާ ވަނީ ޚިދުމަތްކޮށްފައެވެ.