ރާއްޖޭގައި ހަލާލު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިގްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް ޗޭމްބާ އޮފް ކޮމާސް އެންޑް ޑިވެލޮޕްމެންޓް (އައިސީސީޑީ)އާ މިއަދު މަޝްވަރާކުރައްވައިފި އެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ، އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ހަލާލު ފަތުރުވެރިކަން ފުޅާކުރުންވެސް ހިމެނެ އެވެ.