އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕްބަލިކް ރިލޭޝަން (ޕީއާރް) ފާމެއްގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެކަމަށް ބަޔަކު ބޭނުން ވަނީ ދެ އަހަރުގެ މުއްދަތަށް ކަމަށެވެ.
އެހެންވެ ޕީއާރް ފާމެއްގެ ގޮތުގައި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި މިކަމަށް އެދި ހުށަހަޅާ އިރު، ޖުމްލަ އަގު 500،000ރ. އަށް ވުރެ ބޮޑު ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ. ހުށަހަޅަން ޖެހޭނެ އެވެ. މީގެ އިތުރުން ޕަފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތަކުން 250،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި އެ އަދަދު އެއަށް ވުރެ ބޮޑުވާ ނަމަ ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މިކަމަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީ ޕަފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަޙަޅަން ޖެހޭނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މެއިލް [email protected] އާއި ނަންބަރު 7660603 އިން ހޯދޭނެ އެވެ.
ހެރިޓޭޖް މިނިސްޓްރީ އަށް ޕީއާރް ފާމެއް ހޯދަން ހުޅުވައިލި އިރު، މިހާރުގެ ހެރިޓޭޖް މިނިސްޓަރަކީ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައ މަސައްކަތް ކުރެއްވި ހީނާ ވަލީދެވެ.