މިނިސްޓަރު މުހައްމަދު ސައީދު

މިއަހަރުގެ ރާއްޖޭގެ އަމީރުލްހައްޖަކީ މިނިސްޓަރު ސައީދު

މުހައްމަދު ހަމީޒް
 
16 ގަޑިއިރު ކުރިން

ރާއްޖެއިން މި އަހަރު ހައްޖަށްދާ އިސްވެރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ މި އަހަރު ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާފައި ވަނީ ސައީދު ކަމަށެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް ސައީދު މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފައެވެ.

ސައީދު ހައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެމިރޭޓްސްގެ މަތިންދާ ބޯޓެއްގައެވެ.

އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން، ރައީސް ކަނޑައަޅުއްވާއިރު، މިދިޔަ އަހަރު އަމީރުލްހައްޖުގެ ގޮތުގައި ހައްޖަށް ވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ.

ހައްޖުވެރިންގެ އިސް ޝެއިޚަކަށް ވަޑައިގެންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިނެވެ.

މިި އަހަރު ހައްޖަށްދާ ފަހު ގްރޫޕް ވެސް މިއަދު ހެނދުނު ވަނީ ފުރައިފައެވެ. ކުރީ އަހަރުތަކެކެކޭ އެއްގޮތަށް މި އަހަރު ވެސް 1000 ދިވެހިން ހައްޖުގެ އަޅުކަން އަދާކުރާނެއެވެ.