ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން

ގެއްލުނު 4 ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު އެތަނުގެ ތެރެއިން ފެނިއްޖެ އެވެ.

ސިފައިންނާއި ފުލުހުން އަދި ބޭރުގެ ތަޖުރިބާކާރުން ޑައިވަރުން ގުޅިގެން އެ މީހުން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނީ މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާކަމަށެވެ. 

ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން 3 ވަނަ ސެގްމެންޓުގެ ތެރެއިން ކަމަށެވެ.

"ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" ސިފައިން ބުންޏެވެ.