ޓެކްސީ އެޕް އަންނަ ހަފްތާ ބޭނުންކުރެވޭނެ: ސައީދު

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އެޕްލިކޭޝަން އެޕް ސްޓޯރުން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށާއި، މި ހަފްތާ ނުވަތަ އަންނަ ހަފްތާ އެ އެޕްލިކޭޝަން ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީއާ ހަވާލާދީ އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށީ މިދިޔަ މަހުގެ 2ގަ އެވެ. އެންމެ ފުރަތަމަ އެ ހިދުމަތް ހޯދަން ޖެހުނީ ހޮޓްލައިނަކަށް ގުޅައިގެންނެވެ. ފަހުން ވަނީ ވެބް ޕޯޓަލެއް މެދުވެރިކޮށް ކާރު ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ބޭނުންކުރާ ރައްޔިތުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށާއި، އެއާ އެކު އެމްޓީސީސީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުކުރަމުން އަންނަ ކަމަށެވެ.

އެންމެ މައްސަލަ ކުޑަކޮށް ހިދުމަތް ދެވޭނީ ވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ސައީދު ވިދާޅުވި އެވެ.