ޕީއެންސީގެ ކެމްޕޭން ސްޕޯކްސްޕާސަނަކަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ހަމަޖައްސައިފިއެވެ.
އެކަން އިއުލާނުކޮށް ޕީއެންސީން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ފިރްޒުލްއަށް އިހްލާސްތެރި ތަހުނިޔާއައި މަރުހަބާއެއް ދަންނަވާ ކަމަށް ވިދާޅުވިއެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
އެންމެ ފަހުން ފިރްޒުލް ފެނިގެން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕީއެންސީގެ ތަރުޖަމާނެއްގެ މަގާމު އަދާކުރި މަންޒަރެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒަލެވެ.