ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރި އެދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކުރިއަށް އޮތް ބައިއިލެކްޝަންގައި ވާދަނުކުރަން ނިންމައިފިއެވެ.
މެމްބަރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމާއިއެކު މެންބަރުކަމުން ވަކިވި ސިނާން ވަނީ ދާދި ފަހުން ބޭއްވި އެދާއިރާގެ ބައި އިލެކްޝަން އެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު އާއި ވާދަކޮށް ކާމިޔާބުކޮށްފައެެވެ
ސިނާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމީ ދާއިރާގެ ރައްޔުތުންނާއި މަޝްވަރާ ކުރުމަށްފަހު ގޮޑި ނުނެގޭނެތީ ޕާޓީއަށް ގޮޑި ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ. އަދި އެކަމުގައި އެހީތެރިވާނެކަމަށް ސިނާ ވަނީ ބުނެފައެވެ.
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލުމަށް ފުރަތަމަ އިލެކްޝަނުން ދިން މުއްދަތު މިއަދު ހަމަވާގޮތަށް އޮތްވާ އެ މުއްދަތު މީގެ ދެ ދުވަސް ކުރިން އިލެކްޝަނުން ވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހަށް ފަސްކޮށްފައެވެ. އިލެކްޝަނުން މުއްދަތު ފަސް ކުރުމާއި ގުޅިގެންވެސް އެކަމުގައި ކޮންމެވެސް އިތުރު ކަމެއް ހިނގަމުން އަންނަ ކަމަށް ރައްޔިތުން ތުހުމަތު ކުރިއެވެ.
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލާން މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރ އަބްދުالله ސޯދިގު (ސޯބެ)އެވެ.