ކުރިން ޕެންޝަން އޮފީހާއި މީރާ އާއި ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި މާލީ ދާއިރާގެ ޒުވާން ހިދުމަތްތެރިޔާ ސަރުވަޝް އާދަމް އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
އެ ޕާޓީއާ އޭނަ އިއްޔެ ގުޅިވަޑައިގެންނެވިކަން ހާމަކޮށް، ރޭ ސޯޝަލް މީޑިއާގައި ވިޑިއޯއެއް ޕޯސްޓެއް ކުރައްވާފައިވެ އެވެ. އޭގައި ޝަރުވަސް ވިދާޅުވީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ހިދުމަތްތެރި ޕާޓީން މިހާތަނަށް ރާއްޖެއަށް ގިނަ ގުނަ ހެޔޮ ބަދަލުތަކެއް ގެނެސް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިމެނޭކަން ފާހަގަ ކުރައްވައި އޭނަ ވިދާޅުވީ ހިންގުމުގެ ނިޒާމް އިސްލާހު ކުރުމާއި ހައްގުތައް ހޯދައި ދިނުމާއި އިޖުތިމާއީ އަދާލަތު ގާއިމް ކުރުމާއި އިގްތިސާދީ ތަރައްގީގެ ރޮނގުން ވެސް އެމްޑީޕިން ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.
ގިނަ އަހަރުތަކެއް ވަންދެން ދައުލަތުގެ ބަޖެޓު ހެދުމުގައި ވެސް އިސްކޮށް އުޅުއްވި ސަރުވަޝް ވިދާޅުވީ އޭނަ ދެކެވަޑައިގަންނަވާ ރާއްޖެއެއް ލިބެން އޮތީ އެމްޑީޕީން ކަމަށެވެ.
https://x.com/saruvash/status/2048765724790010059?s=20
"މިކަންކަން ބަދަލު ކުރެވޭނީ، އަޅުގަނޑު ދެކޭ ގޮތުގައި އަދިވެސް އެމްޑީޕީއަށް. ރާއްޖެއަށް ހެޔޮ ބޮޑު ބަދަލެއް ގެންނާނީ އެމްޑީޕީން. އެހެން ކަމުން ރާއްޖޭގެ ސިޔާސީ މާހައުލަށް މި ގެންނަ އިސްލާހީ ބަދަލުތަކުގައި ވާގިވެރިވެ، އަމަލީ ގޮތުން ބައިވެރިވުމަށް އަޅުގަނޑު މިއަދު އެމްޑީޕީއަށް ވަދެއްޖައިން." އޭނަ ވިދާޅުވި އެވެ.
ނުވަ އަހަރަ ށްވުރެ ދިގު މުއްދަތަކަށް ފަހު ސަރުވަޝް ފިނޭންސް މިނިސްޓީގެ ވަކިވެވަޑައިގެންނެވީ 2024 ގަ އެވެ. އޭގެ ފަހުން ޕެންޝަން އޮފީހު ބޯޑުގެ މެންބަރަކަށް އޭނާ ވެވަޑައިގެންނެވީ މިދިޔ އަހަރުގެ މާޗްގަ އެވެ. އަދި ބޯޑުން އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ގަ އެވެ.
އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން އިގްތިސާދީ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ސަރުވަޝް އަކީ މީރާގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އެއީ އޮކްޓޯބަރު 2019- ފެބްރުއަރީ 2024 އަށެވެ. ފުރުއްވި