މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026 މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް މި ސަމިޓް ކުރިއަށްދާނީ ބާސެލޯ ނަސަންދުރާ ހޮޓެލްގަ އެވެ.
މި ސަމިޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ސަމިޓެކެވެ. މި ސަމިޓުގައި، މޯލްޑިވްސް 2.0 ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0 ގެ ވިޝަން ޙާސިލުކުރުމަށްޓަކައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓުގައި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން ބައިވެރިވަޑައިގަންނަވައެވެ.
ސަމިޓުގެ މައިގަނޑު މަގްސަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ޕަބްލިކް ސަރވިސަސް ޒަމާނީ ކުރުމާއި، ޑޭޓާ ޑްރައިވިން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެ އެވެ.
މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވަރގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ، ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރ ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީ އެވެ.
މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައެވެ.