ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކޮށްފި

މުހައްމަދު ހަމީޒް
 
22 ގަޑިއިރު ކުރިން

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަޔަކު އައްޔަނުކޮށްފިއެވެ،

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނީ އެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ

ހުދާ ފަހީމް، ކ. ތުލުސްދޫ/ވިލަރެސް

އައިޝަތު މަލްހާ، ރ. ރަސްގެތީމު/ ރަސްވެލި

އަލީ ޝިނާން، މއ. ރިހިރާޅު

އައިޝަތު އަލީ/ މ. ވާރޭވިލާ

ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ އަބްދުﷲ ގިޔާސް ރިޔާޒްއެވެ. އަދި ސީއޯއީގެ މަގާމުގައި ހުންނެވީ އަބްދުﷲ ޝިއުރީއެވެ.

ރާއްޖޭފެ ފަތުރުވެރިކަން މާކެޓްކުރަން ވިޒިޓް މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.