މަގުމަތީގައި ފުލުހަކު ހަރަކާތްތެރިވަނީ. / ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި އެކަކުގެ ނޭފަތް ފަޅާލައިފި

މަރިޔަމް ސަމްހާ
 
2 މަސް ކުރިން

ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކުގެ ނޭފަތް ފަޅާލައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ 8:20 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެކަކުގެ ނޭފަތް ފަޅައިގެން ދިޔައިރު، އަނެކަކަށް ބޭރު ފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.