އެމްޑަބްލިއުއެސްސީ ޑީއެމްޑީ ޝާހިދު މަގާމުން ވަކިކުރައްވައިފި

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

ސަރުކާރުގެ ފެން ކުންފުނި -އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝާހިދު ރޭ ވަކިކުރައްވައިފި އެވެ.

އެމްޑަބްލިއުއެސްސީގައި ޝާހިދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ. 

ދައުލަތުގެ ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެން ނެވެ. 

ޝާހިދު އެމަގާމަށް އައްޔަނުކުރެއްވީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގަ އެވެ.

ފެން ކުންފުނީގެ ޑީއެމްޑީއަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފަ އެވެ.

އެމްޑަބްލިޔުއެސްސީގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ހަ ބޭފުޅުންގެ މައްޗަށެވެ. އެ ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ޝާހިދު ހިމެނޭހެން 11 ބޭފުޅުން ތިއްބަވަ އެވެ.