މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބާކީ ހަތަރު ސެގްމަންޓުގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އިން ފެށިގެން ސެގްމަންޓް 5 އާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މާޗް 23 ވާ ހޯމަ ދުވަހުއެވެ. މި މަސައްކަތްތަކާ ގުޅިގެން މިރޭ މެންދަމު 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމު ދަތުރުފަތުރަށް އެ މަގު ބަންދުކުރެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށްޓަކައި ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުން
ފުލުހުން ހާމަކުރި ގޮތުގައި، މަސައްކަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، ބަންދުކުރެވޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ މެންދަމު 12:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ. މި ބަދަލާއެކު މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބަދަލުތަކެއް އަންނާނެތީ، ދަތުރުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ޗާޓާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.