އެސްޓީއޯގެ ތެޔޮ ބޯޓެއް ފުނަދޫގައި -- ފޮޓޯ: ޝުމްބާ

އެސްޓީއޯއިން އާ ތެޔޮ ޝިޕްމަންޓެއް ގެނެސްފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ބޭނުންވާ ތެލުގެ އައު ޝިޕްމަންޓެއް މިއަދު ގެނެސްފިއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނެފައިވަނީ، ތެޔޮ އެތެރެކުރުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޝިޕްމަންޓްތައް ލިބެމުންދާނެ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ އައު ޝިޕްމަންޓެއް މިހާރު ވަނީ މާލޭގައި ބަނދަރުކޮށްފައެވެ.

ތެލުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނައުމުގެ އިންތިޒާމުތައްވެސް އެސްޓީއޯއިން މިހާރު ދަނީ ހަމަޖައްސަމުންނެވެ.

މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލުތަކެއް ގެނައުމަށް ކުރިން މަޝްވަރާ ކުރެވުނު ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ތެލުގެ އަގަށް ބަދަލެއް ނުގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެސްޓީއޯއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މާލޭ ސަރަހައްދުގެ އެފްއެސްއެމް ފިއުލް ޝެޑްތަކުންނާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ޝެޑްތަކުން ތެޔޮ ވިއްކަމުންދާ އަގުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.