ޢުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޙިޖާޒް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔަ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމް ދީދީއެވެ. އެއީ ޢުމުރުން 86 އަހަރުގެ ފިރިހެނެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އިރުއޮއްސެނިކޮށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާވަނީ ނިޔާވެފައެވެ. ޢުމްރާގެ އަޅުކަމަށް އޭނާ އައިސްފައިވަނީ ދަރިންނާއެކުގައެވެ. އަދި މައްކާއަށް ދިޔައިރުވެސް ބަލިކޮށް އުޅޭކަން ޢާއިލާއިންވަނީ ފާހަގަކޮށްފައެވެ. އަދި ރޯގާ ޖެހިގެން ނެބިއުލައިޒްކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. ޢައިލާއާއި އެޢުމްރާ ގްރޫޕުން އޭނާގެ ޖަނާޒާ މިރޭ ފަތިހު މަސްޖިދުލް ޙަރާާމްގައި ބޭއްވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި އެކި ގްރޫޕްތަކުގެ ހަވާލުގައި 1600 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާއަށް އައިސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ