މިއަދުގެ ދޮރުންދޮރަށް މޫސާ އަލީ ޖަލީލް ވިނަރެސްގައި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

 ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް، ވިނަރެސް ފްލެޓްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން މޫސާ ޢަލީ ޖަލީލް ވަނީ ހުޅުމާލެ މެދު ދާއިރާގައި ހިމެނޭ ވިނަރެސްގެ ބައެއް އެޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ޝަކުވާތަކާއި އިހުސާސްތައް އަޑުއެއްސެވުމުގެ އިތުރުން، މާލެ ސިޓީގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ތަސައްވުރާއި ސިޔާސަތުތައް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.

މި ހަރަކާތުގައި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޙުސައިން ޝަރީފްގެ އިތުރުން، މާލެ ސިޓީގެ ބައެއް ދާއިރާތަކުގެ މަޖިލީސް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް އަމާޒުކޮށް، ކޮންގްރެސް ޕާޓީން ދަނީ ވަރަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ދޮރުން ދޮރަށް ހިނގުމާއި، ކެމްޕެއިން ޖަގަހަތައް ހުޅުވުމުގެ އިތުރުން ރައްޔިތުންނަށް ސިޔާސަތުތައް އޮޅުންފިލުވައިދިނުމުގެ އެކި ހަރަކާތްތައް މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރިއަށް ގެންދަމުންނެވެ