ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބޮޑު ސްކްރީނުން ހުޅުމާލޭގައި މާދަން ރޭ ބެލޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޕީއެސްޖީ އަދި އިންޓަރ ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަން ރޭ 00:00 ގައެވެ.
މި މެޗު ސްކްރީނުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ޕާކުގައެވެ.
މި ހަރަކާތަކީ މީޑިއާނެޓާއި އުރީދޫ އަދި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މެޗު ބެލުމަށް ހުރިހާ ފަރާތްތަކުންވެސް ހުޅުމާލެ ފެރީ ޓާމިނަލް ޕާކަށް އައުމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.