އެމްޑަބްލިއުއެސްސީގެ އެމްޑީ އިވެންޓެއްގައި ވާހަކަ ދައްކަނީ

ެއީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ބިލައް ފައިސާ ދައްކައިގެން ޢުމްރާ ދަތުރެެއް

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން އަދި އީ-ޕޯޓަލް މެދުވެރިކޮށް ގަވާއިދުން ފެން ބިލަށް ފައިސާ ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ހަދިޔާ ބަދިޔާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޢުމްރާ ދަތުރެއްގެ އިތުރުން ކޮންމެ މަހަކު 3,000 ރުފިޔާ ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އަގުހުރި ފުރުސަތުތަކެއް ހޯދައިދިނުމާއެކު، އެމް.ޑަބްލިޔު.އެސް.ސީގެ ޑިޖިޓަލް ވަސީލަތްތަކަށް ކަސްޓަމަރުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބިލް ދެއްކުމަށް ބާރުއަޅައި، ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަލުވިކުރުމަކީ ވެސް މި ޕްރޮމޯޝަންގެ ބޭނުމެކެވެ.

ޕްރޮމޯޝަން ކުރިއަށްދާނެ މުއްދަތާއި ޝަރުތުތައް

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މާރިޗު 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން، ކުންފުނީގެ އެޕް ނުވަތަ އީ-ޕޯޓަލް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ބިލެއް ނެތް ކަސްޓަމަރުންނަށް މި ފުރުސަތު އޮންނާނެއެވެ.

ޢުމްރާ ދަތުރު ލިބޭ ނަސީބުވެރިން، ކުންފުނިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ދަތުރު ބޭނުންކުރަން ޖެހޭނެއެވެ. ނަމަވެސް، ދަތުރު ލިބޭ ފަރާތަށް ދަތުރުގައި ބައިވެރިވެވެން ނެތް ހާލަތެއްގައި، އެހެން ފަރާތަކަށް ދަތުރު ބަދަލުކުރުމުގެ ފުރުސަތު އެމް.ޑަބްލިޔު.އެސް.ސީ އިން ދޭނެއެވެ.

ނަސީބުވެރިން ހޮވުމާއި މައުލޫމާތު ސާފުކުރުން

ނަސީބުވެރިން ހޮވުމުގެ ގުރުއަތުލުން ކުރިއަށްދާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުށް ފެންނަ ގޮތަށެވެ. ގުރުއަތުން ހޮވޭ ފަރާތްތަކުގެ މައުލޫމާތު ކުންފުނީގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި އިއުލާނުކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ސީދާ ގުޅައިގެން އެކަން އަންގާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސް.އެމް.އެސް ކުރެއްވުމަށް އެ ކުންފުނިން އެދެއެވެ. އަދި ޑިޖިޓަލްކޮށް ބިލް ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރަމުން މި އަގުހުރި އިނާމުތައް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ދައުވަތު އަރުވާފައެވެ.