ހުޅުމާލޭގައި ބެހެއްޓި އާ އާރްއޯ ޕްލާންޓުގެ މަސައްކަތް ނިމުން

ހުޅުމާލޭގައި ދުވާލަކު 5،000 ޓަނުގެ ފެން އުފައްދާ އާ އާރްއޯ ޕްލާންޓްގެ މަސަކަތް ނިންމާލައިފި

އާއިޝަތު ހަނާ ތައުފީގް
 
17 ގަޑިއިރު ކުރިން

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހުޅުމާލޭގައި އަލަށް ބެހެއްޓި ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ އާރްއޯ ޕްލާންޓް އިންސްޓޯލްކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އާ ޕްލާންޓާއެކު މާލެ އާއި ހުޅުމާލޭގެ ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ. މިއީ ކުރިއަށް އޮތް ރަމަޟާން މަހާއި ސްކޫލް ބަންދާ ދިމާކޮށް ފެނުގެ ޑިމާންޑް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ތަރައްގީއާއެކު އާންމު ރައްޔިތުންނަށް މެދުނުކެނޑި އިތުބާރު ހުރި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، މުޖުތަމައަށް ބޭނުންވާ ފެނުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.