އީރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ކޮމިޓީއަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިޞާދަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ދެނެގަންނަ ކޮމިޓީއެއް ކަމަށެވެ. އަދި އެކަންކަމަށް ދުރާލައި ތައްޔާރުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީއެއް ކަމަށެވެ.

މި ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ:

  • ޑިފެންސް މިނިސްޓަރުު މުޙައްމަދު ޣައްސާން މައުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
  • ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
  • ހޯމް މިނިސްޓަރު ޢަލީ އިޙްސާން
  • ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
  • އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ހީނާ އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ މަސްލަހަތަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ އެންމެހާ މައުލޫމާތުތަކާއި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ކަމާގުޅޭ ވުޒާރާތަކުން މެދުނުކެނޑި ހިއްސާކުރަމުންދާނެ ކަމަށެވެ.