މޯލްޑިވިއަން އިން ޗައިނާގެ ބެއިޖިންއިން ރާއްޖެއަށްކުރި ފުރަތަމަ ދަތުރު. / ފޮޓޯ: ވީއައިއޭ

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 950،000 އަށް އަރައިފި

މަރިޔަމް ސަމްހާ
 
1 މަސް ކުރިން

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 950،000 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 950،212 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 879،892 ފަތުރުވެރިންނެވެ.

އޭގެ ތެރެއިން 677،848 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ގެސްޓްހައުސްތަކުގައި 220،581 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 27،791 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 23،331 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. 

މީގެ އިތުރުން އެހެނިހެން ތަންތަނުގައި 660 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެންމެ ގިނައިން ފަތުރުވެރިން އައި ގައުމު އަދި އަދަދުތަކަކީ:

  • ޗައިނާ: 112،594 ފަތުރުވެރިން
  • ރަޝިއާ: 102،824 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 97،561 ފަތުރުވެރިން
  • އިޓަލީ: 81،218 ފަތުރުވެރިން
  • ޖަރުމަނު: 72،822 ފަތުރުވެރިން
  • އިންޑިއާ: 53،800 ފަތުރުވެރިން
  • ފްރާންސް: 33،920 ފަތުރުވެރިން
  • އެމެރިކާ: 29،950 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 21،783 ފަތުރުވެރިން
  • އޮސްޓްރޭލިއާ: 17،309 ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރާއި ކަމާބެހޭ މުއައްސަސާތައް އަންނަނީ މަސައްކަތް ކުރަމުންނެވެ.