ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އައިނު ފިހާރައެއް ހުޅުވުން --

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވައިފި

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވައި، އެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ސަރުކާރުގެ ފަރާތުން އައިނުގެ ވިޔަފާރި ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އައި.ޖީ.އެމް.އެޗްގައި ފުރަތަމަ ހުޅުވި ފިހާރައަށްފަހު، އެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން މިހާރު ވަނީ އިތުރު ތިން ސަރަހައްދެއްގައި އައިނު ފިހާރައިގެ ހިދުމަތް ގާއިމުކޮށްފައެވެ. އެ ތަންތަނަކީ:


ހުޅުމާލެ ހޮސްޕިޓަލް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް


އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ އިބްރާހީމް ހަލީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ މި ސަރަހައްދުތަކުން މިހާރު އާސަންދަ މެދުވެރިކޮށް ހިލޭ ނަންބަރު އައިނު ހެއްދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. މިއީ ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.