ވޭޕުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

މޯލްޑިވްސް އިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މަހު 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޗައިއޮން، (34އ) ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރ އާއި ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވެ އެވެ.