މާލެ ކައިރިން ދޯންޏަކާއި ލޯންޗެއް ޖެހި، ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކ. ފުނަދޫ ކައިރިން، މިރޭ 7:19 ހާއިރެވެ.
އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީ މީހެއް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ދިވެއްސަކަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މީހުންނަށް ލިބުނު އަނިޔާއާ ގުޅޭ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.