ކުރިއަށް އޮތް ރަމަޟާން މަހު ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދެވޭނެ ގަޑިތައް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށް އެ އިއުލާނުގައި ވެއެވެ.
އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން މިގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.