ރޯދަ މަހު ދަންވަރު އެކެއް ޖަހަންދެން ފިހާރަ ހުޅުވާފައި ބެހެއްޓޭނެ

މުހައްމަދު ހަމީޒް
 
11 ގަޑިއިރު ކުރިން

ކުރިއަށް އޮތް ރޯދަ މަހު މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިގްތިސާދީ ތަރައްގީ އާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ އެގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ރޯދަ މަސް ފެށޭނީ މި މަހުގެ 18 ވަނަ ދުވަހެވެ.

އެ ވުޒާރާއިން ވިދާޅުވީ، ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން އެ ގަޑީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މި މުއްދަތުގައި ކެފޭ އަދި ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.