ސުޕްރީމް ކޯޓާ ގުޅޭ ޚަބަރުގައި ހަގީގަތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ އެކްސް މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައެވެ.
މި ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނާ މުޢާމަލާތް ކުރެވުނު ކަމަށް ރާއްޖެ އެމްވީން ޝާއިޢުކޮށްފައިވާ ޚަބަރުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިފަދަ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރު ނޫން ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރާއްޖެ އެމްވީން 26 މެއި 2025 ގައި ޝާއިޢުކޮށްފައިވާ މި ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، އަދި އެއްވެސް ކަހަލަ ތަހުގީގެއް ނުކޮށް ޝާއިޢުކޮށްފައިވާ ޚަބަރެއް ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މީޑިއާތަކުން މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި އިތުރަށް ޒިންމާދާރުވުމަށާއި، ރަނގަޅަށް ކަށަވަރުކުރުމަށްފަހު ނޫނީ މިފަދަ ސީރިއަސް ޚަބަރުތައް ނުގެނެސްދިނުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ.