ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިދިޔަ އަހަރު 8.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކުރި ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 5.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. މީގެ އިތުރުން ސީޕްލޭން ޓާމިނަލުން 1.7 މިލިއަން ފަސިންޖަރުން އަދި ޑޮމެސްޓިކް ޓާމިނަލުން 1.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ.
މިދިޔަ އަހަރު ވީއައިއޭގައި 249.214 އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑްކޮށްފައިވާ އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ތެރޭގައި 34،868 އިންޓަނޭޝަނަލް މޫވްމެންޓާއި 185،998 ސީޕްލޭން މޫވްމެންޓް އަދި 28،348 ޑޮމެސްޓިކް މޫވްމެންޓް ހިމެނެ އެވެ.
ވީއައިއޭ އިން އަންނަނީ މިދިޔަ އަހަރުގެ ޖުލައި 26 އިން ފެށިގެން ޒަމާނީ އާ ޓާމިނަލުން ވެސް ހިދުމަތް ދެމުންނެވެ.