މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި 2 މީހުން

ތިން ކިލޯ މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފި

މުހައްމަދު ހަމީޒް
 
10 ދުވަސް ކުރިން

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޢުމުރުން 27 އަހަރުގެ ޝާއިން ޢަލީ އާއި، އއ. ފެރިދޫ / އިޙްރާމްގެ، ޢުމުރުން 20 އަހަރުގެ އާއިޝަތު މާޝާ އަޙްމަދު އެވެ.

ފުލުހުން ބުނީ، މި އޮޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، އެއެޕާޓްމަންޓުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބައްދަށްވެސް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.