ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީގައި ބާއްވަން ރައީސް ނަޝީދުގެ ތާއީދު

މުހައްމަދު ހަމީޒް
 
11 ދުވަސް ކުރިން

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކީގައި ބާއްވަން ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާޢީދު ކުރަށްވައިފިއެވެ.

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން ޢާއްމު ކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވެއެވެ.

ފަލާޙްގެ އިސްލާޙާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.