ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 42 މިސްކިތް ބިނާ ކުރިން: ނަޝީދު

އާއިޝަތު ހަނާ ތައުފީގް
 
14 ގަޑިއިރު ކުރިން

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 42 މިސްކިތް ބިނާކޮށްފައިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކުރަމުން އައި ތަންތަނެވެ. ނަމަވެސް، އޭރު ރާއްޖޭގެ ގިނަ މިސްކިތްތައް ބާވެ، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ.

https://x.com/MohamedNasheed/status/2021867115431510256?s=20

މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ކެބިނެޓުން މިސްކިތް ބިނާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމި ކަމަށް ނަޝީދު ވިދާޅުވިއެވެ. "އިރާދަކުރައްވައިގެން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އަޅުގަނޑުމެންނަށް 42 މިސްކިތް ބިނާ ކުރެވުނު،" ނަޝީދު ލިޔުއްވާފައިވެއެވެ.

އިއްޔެގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ މިސްކިތްތަކަށް އެމްޑީޕީގެ ސަރުކާރުތަކުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.