ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ރައީސް ސިންގަޕޫރަށް ފުރައިވަޑައިގަތްކަން ކަށަވަރުކޮށްދީފައިވާއިރު، މިކަމާއި ބެހޭ އިތުރު މައުލޫމާތެއް ދީފައި ނުވެއެވެ.