މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ކ. ފުށިދިއްގަރު ފަޅުގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ޖުމުލަ 30 ޕަސެންޓު ފުރިހަމަވެއްޖެ ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ހާމަކޮށްފިއެވެ.
އެމްއޭސީއެލުން ހާމަކުރި ގޮތުގައި ރަސްމާލޭގެ ސައިޓު "އޭ"ގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެއެވެ.
ރަސްމާލޭގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު އެ މަނިކުފާނު މީގެ ކުރިން ވިދާޅުވި މުއްދަތަށް އެ މަސައްކަތް ނުނިމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.