މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު ހަމީޒް
 
20 ދުވަސް ކުރިން

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ މީޑިއާތަކަށް، ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލައިފިއެވެ. އެމްއެމްބީސީން މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއެވެ.

މި ގާބިލު މީޑިއާތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވާ އާދިއްތަ ދުވަހު ހަވީރު 2:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، އެކަމާ ގުޅޭ ތަފްސީލު އުސޫލު ނަންބަރު: 2025/G-35 (މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު) ގައި ހިމަނާފައިވެއެވެ.

މި އުސޫލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްއެމްބީސީން މީޑިއާތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައިވެއެވެ.