ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފުލެޓު --

ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތައް މާފުކޮށްދީފި

މުހައްމަދު ހަމީޒް
 
25 ދުވަސް ކުރިން

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި އެވެ.

އެޗްޑީސީއިން ބުނީ، ޖޫރިމަނާ މާފުކޮށްދިނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފަ އެވެ. ކުލި ނުދައްކާ އެޕާޓުމަންޓުތަކުގެ ވެރިންނަށް އެޗްޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައިވާ ގޮތުން މި ފަހަރު މާފުކޮށްދިނީ ޖެނުއަރީ 1، 2024 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަސް ނުވަތަ މިދިޔަ މަހުގެ ނިިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.

ހުޅުމާލޭގެ ސޯސަލް ހައުސިންގ ތަކަށް ކުލި ނުލިބޭ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.