ދުވާފަރުގައި ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުން

ދުވާފަރުގެ ހިއްކި ސަރަހައްދުގައި 50 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީއާ ހަވާލުކޮށްފި

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ދުވާފަރުގެ ހިއްކި ސަރަހައްދުގައި 50 ހައުުސިން ޔުނިޓު އެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން  އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ދުވާފަރު ބިމަށް އިތުރުކުރީ 22.2 ހެކްޓަރުގެ ބިމެވެ. މި 22.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ސަރުކާރުން 143.11 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔުމުގެ އެއް ބޭނުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. އެ ސަރަހައްދު އާބާދު ކުރުމަށްޓަކައި ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

އެޗްޑީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުންނެވެ.