މަސްވެރިން މުޒާހަރާކުރަން ނިންމާފައިވަނީ ބޮޑު ކަންނެލިކުރާ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާކަމަށްބުނެއެވެ.
މަސްވެރިންގެ މުޒާހަރާގައި ޝުއޫރު ފާޅުކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ.
މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެއްވުންތައް އިންތިޒާމުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެ ޔޫނިއަނުން މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިޖުތިޖާޖު ކޮށްފައިވެ އެވެ.